އައްޑޫ ސިޓީ ހުޅުދޫ ބަނދަރުގެ އެެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސް ފިއެވެ.
މި ޝިޕްމަންޓް ހުޅުދޫ އަށް ގެންދެވިފައިވަނީ އިއްޔެ އެވެ.
އެމަޝްރޫޢު ކުރިޔަށް ގެންދާ ކުންފުނި، އެމްޓީސީސީ އިން ހާމަ ކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާނެ އެވެ. އަދި 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލާ، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.
މީގެ އިތުރުން މަގުބައްތިއާއި ނެރު ބައްތި ހަރުކޮށް، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓު ހެދުން ވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 66.3 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް