އެންމެ ދެކުނަށް މިއަދު މޫސުން ގޯސް

އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް "ހުދު ސަމާލު" ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު...

22 Sep 2021 | 03:42

އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް "ހުދު ސަމާލު" ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށެވެ.

މި ސަމާލުގައި ބުނެފައިވަނީ މިއަދު ހެނދުނު 08:30 އާއި މިއަދު މެންދުރުފަހު 2:30 އާއި ދެމެދުގެ ވަގުތުތަކުގައި އެއަތޮޅު ތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމުގައި ލަފާކުރެވޭކަމަށެވެ.

އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވީނަމަވެސް އާންމުގޮތެއްގައި ރާއްޖޭގެ މޫސުން މިއަދު ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް