ހޯރަފުށީ އެއާޕޯޓު ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށްދަނީ

ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބާރުު ސްޕީޑުގައި ކުރިޔަށް ދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ. އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ ޖުލައި މަހު...

22 Sep 2021 | 03:38

ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބާރުު ސްޕީޑުގައި ކުރިޔަށް ދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 19 ވަނަ ދުވަހު ޕްރޮޖެކްޓު ސައިޓަށް ގެންގޮަސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ހޯރަފުށީގެ އެއާޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެ އެވެ. އެގޮތުން އެއާޕޯޓު ރަންވޭގެ ދެ ފަރާތުގައި 2،861 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެ އެވެ.

އަދި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫޢަކީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މަސައްކަތް ނިންމަން ހަވާލު ކޮށްފައިވަނީ 360 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް