ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ގޮތް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައްލަވާލައްވައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ޒިޔާރަތަކީ އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާމީހުންނާއި ރާއްޖެއަށް އަންނަ މީހުންގެ މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމަގޮތުގައި އެޅިފައިވޭތޯ އަމިއްލަފުޅަށް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ. އަދި އެއާޕޯޓުގައި ފަތުރުވެރިންނާއި މަސައްކަތް ކުރާ މުވައްޒަފުން ސްރީން ކުރުމުގެ އިންތިޒާމް ހުރިނެތްގޮތް ބައްލަވާލެއްވި ކަމަށެވެ.
ދަތުރުވެރީންގެ ފޮށިތަކާއި އެމީހުން ގެންގުޅޭ އެކިކަހަލަ އިލެކްޓްރޯނިކްސް ގެޖެޓްސްތައް ބަލައި ފާސްކުރާގޮތް މިނިސްޓަރުގެ ބައްލަވާލައްވާފައިވެ އެވެ. މީގެ އިތުރުން ގާޑް ޕޯސްޓްތަކާއި ޗެކް ޕޮއިންޓްތަކާއި ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރެވޭ އަދި ބޭރު ކުރެވޭ މުދާ ސްކްރީން ކުރެވެމުންދާގޮތް ވެސް ޑިފެންސް މިނިސްޓަރު ވަނީ ބައްލަވާ ލައްވާފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މިނިސްޓަރުގެ ޒިޔާރަތުގައި ހަރުދަނާ ކުރަން ޖެހޭ ކަމަށް ފާހަގަވި ކަންކަމަށް ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް