ވެލައްސަރު ރިސޯޓް ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފި

ވެލައްސަރު ރިސޯޓު ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އެ...

22 Sep 2017 | 06:47

ވެލައްސަރު ރިސޯޓު ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިއަދު ހެނދުނު 11:06ގައި ކަމަށެވެ.

އާޒިމް ވިދާޅުވީ ބަންޑުން ޖަހާލި ދޯނީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ދޯނީގެ ވެރިފަރާތުން ގެނައި އުޅަނދެއްގެ އެހީގައި އެ ދޯނި އެނބޫދޫ ވިލެޖަށް ވެއްދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ބިދޭސީ ދެމީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް