އިންސާނާގެ ހަށިގަނޑަށް ފެނަކީ ކިހާ މުންހިންމު އެއްޗެއްކަން އެންމެންނަށްވެސް އެނގޭނެ އެވެ. ދުވާލަކު އަށް ތަށީ ފެން ބޯން ސިއްހީ މާޙިރުން އަބަދުވެސް ލަފާދެ އެވެ.
މިފަހަރު މިއޮތީ ފެން ބޮއެގެން ބަރުދަން ލުއިކޮށް ރަނގަޅު ސިއްހަތެއްގައި ހުރުމުގެ ވާހަކަ އެވެ. މިއީ ހަރަދު ކުޑަކޮށް ބަރުދަން ލުއި ކުރުމަށް ޖަޕާނުގެ ބޭސްވެރިން ހޯދަމުންދާ ހޯދުންތަކުގެ ވާހަކަ އެވެ.
އެމީހުން ބުނަނީ ފެން ބޮއެގެން ބަރުދަން ލުއި ކުރުމަށް ކުރަންވީ ފަސް ކަމެއް ކަމަށެވެ އެއީ:
ހެނދުނު ތެދުވެ ހުސް ބަނޑާ ހުރެ، ހަތަރަކާއި ހަ ތައްޓާ ދެމެދުގެ އަދަދަކަށް ފެން ބޯށެވެ. ކޮންމެ ފެން ތައްޓެއްގައި 160-200 މިލިލީޓާރު ހުންނަންވާނެ އެވެ. އަދި އެއީ ފިނިފެނަށް ވެގެން ނުވާނެ އެވެ. ބޯ ފެނަށް ލުނބޯކޮޅެއް ފިތާލުމަކުން މައްސަލައެއް ނެތް
ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާ ކުރަމުންދާ މީހެއް ނަމަ މި ޑައިޓް ފަށާނީ ދުވާލަކު އެއް ތަށީ ފެނުންނެވެ. އެއް ދުވަހުން އަނެއް ދުވަހަށް ފެން ބޯވަރު އިތުރު ކުރޭ
ފެން ބުއިމަށް ފަހު ދަތް އުނގުޅާށެވެ. އޭގެ ފަހުގައި 45 މިނިޓު ވަންދެން އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުރޭ
ކޮންމެ ގަޑިއެއްގެ ކެއުމަށް ފަހު ދެ ގަޑިއިރު ވަންދެން އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުރޭ
އެއްފަަރާ ހަތަރު ތަށީ ފެން ނުބޮވޭނަމަ އެއް ތަށި ފެން ބުއިމައް ފަހު ބަނޑު ހަމަޖެހިލަންދެން މަޑުކޮށްލިޔަސް މައްސަލައެއް ނެތް
އެމީހުން ބުނާގޮތުގައި ފެންބުއިމުގެ އާދަ މިގޮތަށް ގެންގުޅުމުން، ވިސްނުންތަކާއި ދުރުކޮށްދޭނެ އެވެ. އަދި ބަރުދަން ލުއިކޮށްދީ، ހަޖަމް ކުރުމުގެ ނިޒާމު ވަރުގަދަކޮށްދެ އެވެ. މީގެ އިތުރުން މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް