އެޕަލްގެ އައު ސްމާޓް ގަޑި މިއަދު ޑެލިވަރ ކުރަން ފަށާނެ އެވެ. ނަމަވެސް މި ގަޑިތަކުގައި މައްސަލައެއް އުޅޭކަން ވަނީ ފެންމަތިވެފަ އެވެ. އެއީ ކަނެކްޓިވިޓީގެ މައްސަލައެކެވެ.
ވާގޮތަކީ ސެލިއުލަރ ނެޓްވޯކާ ކަނެކްޓް ވުމުގެ ބަދަލުގައި ނުދަންނަ ވައިފައި ނެޓްވޯކްތަކަކާ އޮޓޯއިން ކަނެކްޓްވާން އެ ގަޑި މަސައްކަތް ކުރުމެވެ.
މިކަން ރިޕޯޓް ކޮށްފައިވާއިރު މިކަމަށް އެއްބަސްވެ އެޕަލްއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެޕަލްއިން ބުނެފައިވަނީ އެޕަލް ސްމާޓް ވޮޗް ސީރީޒް ތިނެއްގައި ކަނެކްޓިވިޓީ މައްސަލައެއް އުޅޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ދެން އަންނަ ސޮފްޓްވެއަރ ރިލީޒެއްގައި އެކަމުގެ ހައްލު ލިބޭނެ ކަމަށެވެ.
ނަމަވެސް އެޕަލް ގަޑިތަކަށް ދެން އަޕްޑޭޓެއް ނެރޭނެ ދުވަހެއް އެޕަލްއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް