ވާވޭ ގެ އައު ފޯނުގައި ހަތަރު ކެމެރާ !

ސްމާޓް ފޯނު މާކެޓްގައި ވާވޭ އަކީ އެޕަލް އާއި ސެމްސަންގް އަށް ހުރި ބިރެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. މީ އެއް ސަބަބު ކަމުގައި ވެދާނެ އެވެ. ވާވޭއިން އޮކްޓޯބަރު 16 ގައި ...

22 Sep 2017 | 04:21

ސްމާޓް ފޯނު މާކެޓްގައި ވާވޭ އަކީ އެޕަލް އާއި ސެމްސަންގް އަށް ހުރި ބިރެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. މީ އެއް ސަބަބު ކަމުގައި ވެދާނެ އެވެ.

ވާވޭއިން އޮކްޓޯބަރު 16 ގައި އައު ތިން ސްމާޓްފޯނު މާކެޓަށް ނެރޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އެއީ މޭޓް 10 އަދި މޭޓް 10 ޕްރޯގެ އިތުރުން މޭޓް 10 ލައިޓް އެވެ. މިހާރު މިވަނީ މި ފޯނުތައް ރިލީޒް ކުރުމުގެ ކުރިން އެ ފޯނުތަކުގައި ހުންނާނެ ކަމަށް ބެލެވޭ އައު ޓެކްނޮލޮޖީއެއްގެ ވާހަކަ ފެންމަތިވެފަ އެވެ.

އެއީ މޭޓް 10 ލައިޓްގައި ހަތަރު ކެމެރާ ހިމަނާފައިވާކަމަށް ދެކެވޭ ވާހަކައެވެ. އެއީ ކުރިމަތީގައި ދެ ކެމެރާ އަދި ފުރަގަހުގައި ދެކެމެރާ އެވެ. މިކަން މިމަގުން ހިނގައިފިނަމަ މިއީ ކުރިމަތީގައި އަދި ފުރަގަހުގައި ޑުއަލް ކެމެރާ ހިމަނައިގެން ނެރޭ ފުރަތަމަ ފޯނަށް ވާނެ އެވެ.

މި ފޯނުގެ އަގު ކަމަށް އަންދާޒާ ކޮށްފައިވަނީ 455 ޑޮލަރެވެ. މި ފޯނުގައި ހިމަނާފައިވާކަމަށް ބެލެވެނީ އެފްއެޗްޑީ ޕްލަސް 5.9 އިންޗީގެ ޑިސްޕްލޭ އެކެވެ. އެއީ ފޯނުގެ ކުރިމަތީގެ 83 އިންސައްތަ ކަވަރުވާވަރުގެ ޑިސްޕްލޭ އެކެވެ. ހިމަނާފައިވަނީ 2.36 ގިގަހާޓްސްގެ ކިރިން 659 މަރުކާގެ ޕްރޮސެސަރ އެކެވެ. 4 ޖީބީގެ ރެމް އެއް ހިމަނާފައިވާއިރު ބެޓެރީ އަކީ 3340 އެމްއޭއެޗްގެ ބެޓެރީ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް