ގައިގޯޅި މަންޒަރުތައް ކުޅެން އައިޝްވާރިޔާ ދެކޮޅު ހަދައިފި

އައިޝްވާރިޔާ ރާއީ ބައްޗަންގެ ފިލްމު ތަކުގައި ދެން ގައިގޯޅި މަންޒަރުތައް ނުކުޅެން ނިންމައިފި އެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ކަރަން ޖޯހަރުގެ ފިލްމު "އޭ ދިލްހޭ މުޝްކިލް" އިންނެވެ. އެ ފިލް...

22 Sep 2017 | 04:15

އައިޝްވާރިޔާ ރާއީ ބައްޗަންގެ ފިލްމު ތަކުގައި ދެން ގައިގޯޅި މަންޒަރުތައް ނުކުޅެން ނިންމައިފި އެވެ.

އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ކަރަން ޖޯހަރުގެ ފިލްމު "އޭ ދިލްހޭ މުޝްކިލް" އިންނެވެ. އެ ފިލްމުގައި އޭނާ އާއި އެކު ފެނިގެންދިޔަ ރަންބީރު ކަޕޫރާއި އެކު ވަނީ ވަރަށް ގައިގޯޅި މަންޒަރުތަކަކުން ފެނިގެން ގޮސްފަ އެވެ. އެކަމާ ހިތް ހަމަ ނުޖެހިގެން ފިރިމީހާ އަބީޝެކް އެ ފިލްމު ނުވެސް ބަލައެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާރު އައިޝްވާރިއާ މަސައްކަތް ކުރަމުންދަނީ އަތުލް މަންޖްރެކާރް ޑައިރެކްޓްކުރާ ފިލްމު " ފެނޭ ހާން" އެވެ. އެ ފިލްމުގައި އޭނާ އާއި އެކު ލީޑްރޯލް ކުޅެނީ ރާޖްކުމާރު ރާއޯ  އާއި އަނިލް ކަޕޫރެވެ.

ފިލްމުގެ ޝޫޓިން ތެރެއިންނާއި ވަކިންވެސް އައިޝްވާރިޔާ ގެންދަނީ މަންޒަރުތަކަށް ވަރަށް ސަމާލުކަން ދެމުންނެވެ. އެގޮތުން މާބޮޑަށް ގައިގޯޅި މަންޒަރެއް އިނދެއްޖެ ނަމަ ކަނޑާލަން ބުނުމާއި ޝޫޓު ނުކުރާނެ ކަމަށް އޭނާ ބުނާ ކަމަށް ވެއެވެ.

ގައިގޯޅި މަންޒަރުތައް ނުކުޅެން އައިޝްވާރިޔާ ކުއްލިއަކަށް ބުނަން ޖެހުނީ "އޭދިލް ހޭ މުޝްކިލް" ގެ މަންޒަރުތައް ފެނި ބަފައިބޭ އަމީތާބް ބައްޗަން އާއި ފިރިމީހާގެ އާއިލާއިން މާބޮޑަށް އެފަހަރު ރުޅި އައުމުންނެވެ.

"ފެނޭ ހާން" އަކީ އިނގިރޭސި ފިލްމު "އެވްރިބޮޑީ އިސް ފޭމަސް" ގެ ރިމޭކް އެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 13 ވނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް