ކަރުގައި އަޅާ ސްޕީކަރެއް ބޯސް އިން ތައާރަފް ކޮށްފި

ކަރުގައި އަޅާލެވޭ ސްޕީކަރެއް ބޯސް އިން ތައްޔާރު ކޮށްފި އެވެ. މި ސްޕީކަރަކީ ބްލޫޓޫތު މެދުވެރިކޮށް ގުޅާލެވޭ، ފޯނަށް ޖަވާބު ދެވޭ އަދި އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުން ކޮންޓްރޯލް ކޮށްލެވޭ ސްޕީކަރެއް ކަމ...

22 Sep 2017 | 02:05

ކަރުގައި އަޅާލެވޭ ސްޕީކަރެއް ބޯސް އިން ތައްޔާރު ކޮށްފި އެވެ.

މި ސްޕީކަރަކީ ބްލޫޓޫތު މެދުވެރިކޮށް ގުޅާލެވޭ، ފޯނަށް ޖަވާބު ދެވޭ އަދި އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުން ކޮންޓްރޯލް ކޮށްލެވޭ ސްޕީކަރެއް ކަމަށް ބޯސް އިން ބުނެ އެވެ.

މިފަދަ ސްޕީކަރެއް މީގެ ކުރިން އެލްޖީން އުފައްދާފައި ވެ އެވެ. އެލްޖީ ޓޯން ސްޓޫޑިއޯ ނަމުގައި އުފެއްދި އެ އުފެއްދުން ވިއްކާފައިވަނީ 229 ޑޮލަރަށެވެ. ބޯސްގެ މި އުފެއްދުން ވިއްކަނީ 299 ޑޮލަރަށެވެ.

ބޯސް އިން ބުނެފައިވާގޮތުގައި ފުލް ޗާޖު ކޮށްގެން 17 ގަޑިއިރު، މި ސްޕީކަރު ބޭނުން ކުރެވޭނެ އެވެ. އެލްޖީ ސްޕީކަރު ބޭނުން ކުރެވެނީ 12 ގަޑިއިރު ވާންދެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް