އިންޑިއާގެ ދަނޑުވެރިން ނަގާފައިވާ ލޯނުތައް މައާފުކޮށްދިނުމަށް ސަރުކާރުން ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު އެކަމަކީ ދަނޑުވެރިންނަށް ޖޯކު ޖެހުމަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ދަނޑުވެރިން ބުނަން ފަށައިފި އެވެ.
ދަނޑުވެރިން މިހެން ބުނެފައިވަނީ ބައެއް ދަނޑުވެރިން ނަގާފައިވާ ލޯނުން އެއް ލާރި 19 ލާރި އަދި 50 ލާރި މައާފު ކޮށްދޭތީ އެވެ.
ދަނޑުވެރިންގެ ލޯނުތައް މައާފުކޮށް އެ ދަނޑުވެރިންނަށް ދީފައިވާ ލިޔުންތައް އިންޑިއާގެ ނޫސްތަކުން ޝާއިއު ކުރަމުން އަންނައިރު އުއްތަރު ޕްރަދޭޝްގެ ދަނޑުވެރިއެއް ކަމުގައިވާ އިޝްވަރު ދަޔާލް ބުނެފައިވަނީ އޭނާއަށް ސަރުކާރުން މައާފު ކޮށްދީފައިވަނީ އެންމެ 19 ލާރި ކަމަށށާއި އެކަމާއި އެތައް އޮފިޝަލުންނަކާއި ބައްދަލުކޮށް އަތުން އެތައް ފައިސާއެއް ހަރަދުވެފައިވާކަމަށެވެ. އިތުރު ދަނޑުވެރިއެއް ކަމުގައިވާ ލާލާ ރާމް ބުނެފައިވަނީ އޭނާއަށް މައާފުކޮށްދިނީ އެންމެ 50 ލާރި ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވގޮތުގައި އުއްދަތު ޕްރަދޭޝްގެ ދަނޑުވެރިއަކު ނަގާފައިވާ އެއް ލައްކަ ފަންސާސް ހާހުގެ ލޯނަކުން މައާފު ކޮށްދީފައިވަނީ އެންމެ ލާރި އެކެވެ.
މި އަމަލަކީ ސަރުކާރުން ދަނޑުވެރިންނަށް ޖެހި ޖޯކެއް ކަމަށް ދަނޑުވެރިން ބުނާއިރު ބައެއް ދަނޑުވެރިން ވަނީ އެމީހުންނަށް މައާފުކޮށްދިން "ވަކި ލާރީގެ" އަދަދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިނުމަށް ބުނެ އެ ލިޔުމާއި ހަވާލުވާން އިންކާރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް