ދުނިޔޭގެ ފުރަތަމަ ސްމާޓް ޕޮލިސް ސްޓޭޝަން ދުބާއީގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
މި ޕޮލިސް ސްޓޭޝަނާއި ބެހޭގޮތުން ދުބާއީ ފުލުހުންގެ ބްރިގޭޑިއަރ ޚާލިދު އަލް ރަޒޫކީ ބުނެފައިވަނީ ޕޮލިސް ސްޓޭޝަނަށް ގޮސް ކަންކަން ރިޕޯޓް ކުރުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭ ކަމަށާއި ސްމާޓް ޕޮލިސް ސްޓޭޝަނަކީ އެކަމަށް ހައްލަކަށް ވެގެން ދާނެ ކަމަށެވެ.
މައްސަލަތައް ރިޕޯޓް ކުރުމަށް އެ ސްޓޭޝަންތަކުގައި ޕްރައިވެޓް ކިއޯސްކްތައް ގާއިމް ކޮށްފައިވާއިރު ޖޫރިމަނާ ތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްތައްވެސް އެ ސްޓޭޝަންތަކުގައި ގާއިމް ކޮށްފައި ވެ އެވެ. އަދި އެންއެފްސީ ފަދަ ފަހުގެ ސްމާޓް ޓެކްނޮލޮޖީތައް މެދުވެރިކޮށްވެސް ޖޫރިމަނާ ފައިސާ ދެއްކޭނެ އިންތިޒާމްތައް ސްމާޓް ޕޮލިސް ސްޓޭޝަންގައި ގާއިމް ކޮށްފައި ވެ އެވެ.
ދުބާއީ ފުލުހުން ހާމަކޮށްފައިވާގޮތުގައި ދުބާއީގެ އެކި ސަރަހައްދުތަކުގައި މިފަދަ ސްމާޓް ޕޮލިސް ސްޓޭޝަންތަކެއް ހުޅުވުމަށް ޑެވެލޮޕަރުންނާއެކު އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް