އަޑު ނީވެނީ ބުރުގާ އަޅައިގެން ތިބޭތީ ކަމަށް ބުނި ލެކްޗަރަރ އެއް ހޫނު ފެނަށް !

ލުބުނާނުގައި ހިންގަމުން އަންނަ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު (އޭޔޫބީ) ގައި ކިޔަވަމުންދިޔަ ދަރިވަރަކާއި ދިމާއަށް ކްލާހުގެ ތެރޭގައި ކިޔަވައިދޭ އެއްޗެހި އަޑު ނީވެނީ ބުރުގާ އަޅައިގެން ތިބޭތީ ކަމަށް ...

21 Sep 2017 | 23:02

ލުބުނާނުގައި ހިންގަމުން އަންނަ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު (އޭޔޫބީ) ގައި ކިޔަވަމުންދިޔަ ދަރިވަރަކާއި ދިމާއަށް ކްލާހުގެ ތެރޭގައި ކިޔަވައިދޭ އެއްޗެހި އަޑު ނީވެނީ ބުރުގާ އަޅައިގެން ތިބޭތީ ކަމަށް ބުނި ލެކްޗަރަކާއި ދެކޮޅަށް އެ ޔުނިވާސިޓީގެ ދަރިވަރުން ހަޅުތާލު ކޮށްފި އެވެ.

އެ ޔުނިވާސިޓީގެ ދަރިވަރެއް ކަމުގައިވާ އުމުރުން 18 އަހަރުގެ މަރްޔަމް ދަޖާނީ އާއި ދިމާއަށް އެހެން ބުނީ އެ ޔުނިވާސިޓީގައި ސައިކޮލޮޖީ ކިޔަވައިދެމުން އަންނަ ލެކްޗަރަރ އެއް ކަމުގައިވާ ޑރ. ސާމިރު ޚަލަފް އެވެ. މިކަން ހޫނުވެ ދަރިވަރުން ހަޅުތާލަށް ދިޔައީ މަރިޔަމް ދަޖާނީ އޭނާއާއި ދިމާއަށް ލެކްޗަރަރ ބުނި ބަސް ފޭސްބުކްގައި ޕޯސްޓް ކުރުމުންނެވެ.

މަރިޔަމް އޭނާގެ ވޯލްގައި ލިޔެފައިވާގޮތުގައި ބުރުގާ ނަގައިފިނަމަ އަޑު އިވޭނެ ކަމަށް އެ ލެކްޗަރަރ ބުނި ކަމަށް ލިޔެފައި ވެ އެވެ. އަދި އެއީ ކްލާސް އެންމެނާއި ދިމާއަށް ބުނި އެއްޗެއް ކަމަށް އެ ލެކްޗަރަރ ފަހުން ބުނިކަމަށްވެސް މަރްޔަމް ލިޔެފައި ވެ އެވެ.

މަރިޔަމްގެ މި ޕޯސްޓާއި ގުޅިގެން އެ ޔުނިވާސިޓީގެ ދަރިވަރުން ޔުނިވާސިޓީ ގްރައުންޑްގައި ހަޅުތާލު ކޮށްފައިވާއިރު ދަރިވަރުން ގޮވާލާފައިވަނީ އެ ލެކްޗަރަރ އާއި މެދު ފިޔަވަޅު އަޅައިދިނުމަށެވެ. މިކަމާއިމެދު ޔުނިވާސިޓީން ބުނެފައިވަނީ އެކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް