ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު، ތުރުކީގެ ކުރީގެ ރައީސް އަބްދުﷲ ގުލް އާއި ބައްދަލު ކުރައްވައިފި އެވެ.
ސައުދީ ރަސްގެފާނާއި ތުރުކީގެ ކުރީގެ ރައީސްގެ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖިއްދާގައި ހުންނަ ރަސްގެފާނުގެ ޝާހީ ގަނޑުވަރުގަ އެވެ.
މި ބައްދަލުވުމުގައި ބައެއް ކަންކަމާއިމެދު ދެ ފަރާތުން މަޝްވަރާ ކޮށްފައިވާކަމަށް ސައުދީ އަރަބިއްޔާއިން ބުނެފައި ވެ އެވެ. ނަމަވެސް މި ބައްދަލުވުމުގައި ދެއްކި އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް