އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައި ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.
އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ބުނެފައިވަނީ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގެ ދެކޮޅުން ދުއްވާފައި ދިޔަ އިރު އެއް ސައިކަލް އަނެއް ސައިކަލާ ޖެހިގެން ކަމަށެވެ.
މި ހާދިސާ ހިނގީ މަރަދޫ ބޮޑު މަގުގައި ހުންނަ “ގްލޭޑް ކެފޭ” ހިސާބުގަނޑުގައި މިރޭ 8:00 ޖަހަން އުޅެނިކޮށް ކަމަށާއި މި ހާދިސާގައި އަނިޔާވެގެން މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ފޭދު އެސްޖެހިގޭ އިސްމާއީލް ސައީދު އަށް ކަމަށް އެ ނޫހުގައި ބުނެފައި ވެ އެވެ.
"ސައިކަލުން ވެއްޓި އޭނާގެ ފައިގެ ކަށިމަތިންނާއި ފައިގެ އެކު ތަންތަނުން މަށައިގެން ގޮސްފައި، އެހެން ނަމަވެސް ފަޔަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއްތޯ ބަލަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނޭ" އައްޑޫ އޮންލައިނުގައި ބުނެފައި ވެ އެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އަނެއް ސައިކަލްގައި އިން މަރަދޫ މީހާ އަށް މި ހާދިސާގައި މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ އްޑޫ ސިޓީ ހިތަދޫގައެވެ. މި އެކްސިޑެންޓްވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. އައްޑޫ ލައިވް ނޫހުގައި ބުނެފައިވަނީ ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ރޯޔަލް ޕްލަސް ރެސްޓޯރެންޓާއި ދިމާލުން ލިންކް ރޯޑްގައި ކަމަށާއި އެކްސިޑެންޓްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ނޫޙުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވަނީ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކަށް މިވަގުތު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް