އަމިއްލަ ގަޔަށް ވަޅި ހެރި ގައްދު ޒުވާނަކު އައިސީޔޫގައި

ގދ ގައްދޫގައި އަމިއްލަގަޔަށް ވަޅިހެރި ޒުވާނަކަށް ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ...

22 Sep 2015 | 13:17

ގދ ގައްދޫގައި އަމިއްލަގަޔަށް ވަޅިހެރި ޒުވާނަކަށް ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝުޖާއު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށާއި އެ ހާދިސާގައި އަމިއްލަ ގަޔަށް ވަޅިހެރި ޒުވާނާއަށް ލިބުނު ޒަހަމްތަކާއި ގުޅިގެން ގައްދޫ ސިއްހީ މަރުކަޒުގެ ލަފާގެ މަތިން އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފަށާފައި ވާ ކަމަށެވެ.

އެ ޒުވާނާ އަމިއްލަގަޔަށް ވަޅި ހެރީ ލޯބިވެރިޔާއާ ދެމެދު ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. އަދި އެ ޒުވާނާގެ އުމުރަކީ 24 އަހަރު ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމިއްލަ ގަޔަށް ވަޅި ޒުވާނަކަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނަ އޮތީ ސީރިއަސް ހާލަތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް