މިމަހު ފަހުކޮޅު ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ބެލެވޭ: މެޓް އޮފީސް

މިމަހު ފަހުކޮޅު އުދަ ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ނޭޝަނަލް މީޓިއޮރޮލިކަލް ސާވިސް އިން ހާމަކޮށްފި އެވެ. މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސް ބަ...

22 Sep 2015 | 12:23

މިމަހު ފަހުކޮޅު އުދަ ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ނޭޝަނަލް މީޓިއޮރޮލިކަލް ސާވިސް އިން ހާމަކޮށްފި އެވެ.

މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި މެޓް އޮފީހުން ބުނެފައިވަނީ މިމަހުގެ 28 ވަނަދުވަހަކީ ހަނދުކޭތަ ހިފާދުވަހަކަށްވީއިރު، އެހަނދުކޭތައާ ގުޅިގެން ހަނދާއި، ދުނިޔެ އަދި އިރު އެއްލައިންއަކަށް ދިމާވެ، ހަނދު ދުނިޔެއާއި ކާރިވުމުން ކަނޑުގެ ދިޔަވަރު އާދަޔާ ޚިލަފަށް ބޮޑުވާކަމަށާއި، އެކަމުގެ ސަބަބުން އެދުވަސްވަރު އޮއިގަދަވާގޮތް ދިމާވާނެ ކަމަށެވެ.

އެގޮތަށް އޮއި ގަދަވުމުން ރާއްޖެއާއި ދުރުން އުފެދިގެން އަންނަ ބާނިތަކާއި ރާޅުތަކުގެ ސަބަބުން މިމަހުގެ 25 ން 30 އާއި ދެމެދު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް އިންޑިޔާގެ ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސާވިސްއިން ލަފާކޮށްފައިވާ ކަމަށް މެޓް އޮފީހުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

"މި އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ދިޔަވަރު އެންމެބޮޑުވެގެންދާ ގަޑިތަކުގައި، މިގޮތުން  މިމަހުގެ 28، 29، 30 މި ތިންދުވަހު ދިޔަވަރު އެންމެބޮޑުވާވަގުތު ރާއްޖޭގެ އެކިހިސާބުތަކަށް އުދައެރުމުގެ ފުރުސަތު މެޓް އޮފީހުގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި މިމަމަހުގެ 27،  28 ،29، 30, ގައި ރާއްޖޭގެ އުތުރުން ހަނިމާދޫއަށް ދިޔަވަރު އެންމެ ބޮޑުވާނީ، ސެޕްޓޭމްބަރ 27 ވަނަ ދުވަހުގެ ރޭގަނޑު 11:41 ން ފެށިގެން ދަންވަރު 1:13 އަށް ކަމަށާއި  އަދި މިދުވަސްތަކުގެ ހެނދުނު 11:40 އާއި 12:45 ދެމެދު ދިޔަވަރު ބޮޑުވާނެ ކަމަށްވެސް އެ ބަޔާނުގައި ބަޔާން ކޮށްފައި ވެ އެވެ.

މީގެ އިތުރުން މާލެ ސަރަޙައްދަށް ދިޔަވަރު ބޮޑުވާނެ ކަމަށް ބެލެވެނީ މެންދަމު ބާރައިން ފެށިގެން މެންދަމު ދެގަޑި ތޭރައާއި ދެމެދު. އަދި މި ދުވަސްތަކުގެ މެންދުރު ބާރަގަޑި ފަންސާސް އަށަކުން ފެށިގެން މެދުރުފަހު 02:02 ހަމައަށް ކަމަށާއި ރާއްޖޭގެ ދެކުނުން ސ. ގަމަށް ސެޕްޓޭމްބަރ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 1:34 ން ފެށިގެން 29 ވަނަ ދުވަހުގެރޭ ދަންވަރު 2:52 އާދެމެދަކީ ދިޔަވަރު އެންމެ ބޮޑުވާ ގަދިތައް ކަމަށާއި އަދި ހަމަ އެދުވަސްތަކުގެ މެންދުރު 1:42 ން ފެށިގެން މެންދުރުފަހު 14:00 ހަމައަށް ދިޔަވަރު ބޮޑުވާނެ ކަމަށްވެސް މެޓް އޮފީހުގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް