ދިރާގު އީދު ޝޯ، އީދުގެ ދެވަނަ ދުވަހު ރާޅުގަނޑު ޝަރަހައްދުގައި

ފޯރިގަދަ ހަރަކާތްތަކަކާއެކު "ދިރާގު ޢީދު ޝޯ" މި އަލްހާ އީދުގައިވެސް ބާއްވަން ދިރާގުން ނިންމައިފި އެވެ. ޢީދާ ގުޅުވައިގެން ދިރާގުން މީގެ ކުރިން ޝޯ ބާއްވަމުން ގޮސްފައިވަނީ ފިތުރު އީދުގައި އެކަންޏެވެ. މީގ...

22 Sep 2015 | 11:39

ފޯރިގަދަ ހަރަކާތްތަކަކާއެކު "ދިރާގު ޢީދު ޝޯ" މި އަލްހާ އީދުގައިވެސް ބާއްވަން ދިރާގުން ނިންމައިފި އެވެ.

ޢީދާ ގުޅުވައިގެން ދިރާގުން މީގެ ކުރިން ޝޯ ބާއްވަމުން ގޮސްފައިވަނީ ފިތުރު އީދުގައި އެކަންޏެވެ. މީގެ ކުރިން ހަތަރު އަހަރު ދިރާގު އީދު ޝޯ ބާއްވާފައިވާއިރު އަލްހާ އީދުގައި ދިރާގުން އީދު ޝޯ ބާއްވާ މީ ފުރަތަމަ ފަހަރެވެ.

ދިރާގުން ބުނީ އަލްހާ ޢީދުގެ ޝޯ އޮންނާނީ   ދެވަނަ އީދު ދުވަސް ކަމުގައިވާ 25 ސެޕްޓެމްބަރު، ހުކުރު ދުވަހުގެ ރޭ 9:00ގައި ރާޅުގަނޑު ސަރަހައްދުގައި ކަމަށެވެ.

އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޝޯގެ މަގްސަދަކީ ޒުވާން ފަންނާނުންނަށް އެ ފަންނާނުންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ހުޅުވާލަދިނުން ކަމަށް ދިރާގުން ބުނެ އެވެ. އަދި މި ޝޯ އަކީ ޒުވާން ފަންނާނުންނަށާއި މިއުޒިކަށް ލޯބިކުރާ ޒުވާނުންނަށް ދިރާގުގެ ފަރާތުން ދޭ އީދު ހަދިޔާއެއް ކަމަށްވެސް ދިރާގުން ބުނެ އެވެ.

"ޝައްކެއްނެތް ގޮތުގައި މި ހަރަކާތް ވެގެން މިދަނީ ޒުވާން ފަންނާނުންނަށް އެ ފަންނާނުންގެ ހުނަރު ދައްކާލަން ލިބޭ އެންމެ ބޮޑު ޕްލެޓްފޯމަށް" ދިރާގުން ހާމަކުރެ އެވެ.

ދިރާގު އީދު ޝޯގައި މިއަހަރު ޑީޓިއުން ބޭންޑް، ހަބޭސް ބޮޑުބެރު ގްރޫޕް، އެކުއަޓިކް ވައިބް، އަރްކާޑިއާ ބޭންޑް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މޫޝަންގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށްވެސް ދިރާގުން ހާމަކުރެ އެވެ.

ދިރާގުން އިތުރަށް ބުނީ އިންޓަނޭޝަނަލް ޝޯތަކާ އެއްފެންވަރަށް ލައިޓް އަދި ސައުންޑް ހަދާދޭތީ ޕޮޕް ޖޯއީ އަށް އަދި މި އިވެންޓް ލައިވް ކުރުމުގައި ޕީއެސްއެމްއިން ހަރަކާތްތެރިވާތީ މި ދެ ފަރާތަށް ހާއްސަ ޝުކުރެއް ރައްދުކުރާ ކަމަށެވެ. އަދި ޝޯބެލުމަށް ދިރާގުގެ އެހެން ޝޯތަކެކޭ އެއްފަދައިން މި ޝޯއަށްވެސް ވީހާވެސް ގިނަ ބަޔަކު އައުން އުންމީދު ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް