ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރަކަށް ސ. ފޭދޫ ކަޝްމީރުވާދީ ޝާރިފް މުހައްމަދު އަނެއްކާވެސް ހަމަޖެއްސިކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ހަބަރު ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރުކަމުގެ މަގާމުން ވަކިކުރި ފަރާތަކަށް އަލުން އެ މަގާމު ނުދެއްވާ ކަމަށެވެ.
https://twitter.com/SpokespersonMV/status/646241172113850368
ޝާރިފް އަށް މީޑިއާ ކޯޑިނޭޓަރުގެ މަގާމުގެ އިތުރުން ރޯޑް ކޯޕަރޭޝަންގެ ޑިރެކްޓަރުގެ މަގާމު ދިން ކަމަށް ބައެއް މީޑީއާތަކުގައި ރިޕޯޓް ކޮށްފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ކޯޑިނޭޓަރުގެ މަގާމުން ޝާރިފް ވަކިކުރި ދުވަހު މޯލްޑިވްސް ރޯޑު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މަގާމެއް ޝާރިފަށް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މަގާމެއްކަން މުއާޒް ހާމައެއް ނުކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް