ސަވާރީ ބޯޓު ފެންމަތި ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

ފަރަށް އެރުމުން ފުންކުރަން މަސައްކަތް ކުރަނިކޮށް ދިޔަވި ސަވާރީ ބޯޓު ފެންމަތި ކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޭންޑިންގ ކްރާފްޓް ޑައިވަރުންގެ ޓީމަކާއި އެކު މ.އަތޮ...

22 Sep 2015 | 08:25

ފަރަށް އެރުމުން ފުންކުރަން މަސައްކަތް ކުރަނިކޮށް ދިޔަވި ސަވާރީ ބޯޓު ފެންމަތި ކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޭންޑިންގ ކްރާފްޓް ޑައިވަރުންގެ ޓީމަކާއި އެކު މ.އަތޮޅު ތުވަރު ކައިރީ ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގެ ވެރިފަރާތާއި ގުޅިގެން މި ބޯޓު ފެންމަތިކުރުމަށް ކުރެވޭ މަސައްކަތުގެތެރެއިން އޮޑިވެރިންގެ ފަރާތުން ހަމަޖެއްސި ޑައިވަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމް ދަނީ ފީފާ ބަނުމުގެ މަސައްކަތްކުރަމުން ކަމަށެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ފަރަށް އެރި މި ބޯޓު ފެންމަތިކުރުމަށްޓަކައި ކުރެވުނު މަސައްކަތަށް ހުރަސްއެޅިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް