މިނާ ހައްޖު ގްރޫޕްގެ ހައްޖުވެރިންވެސް މިނާއަށް ގޮސްފި، އެންމެންގެ ހާލުވެސް ރަނގަޅު

ހައްޖުވެރިން މިނާއަށް ދަތުރު ކުރަމުން އަންނައިރު ރާއްޖެއިން ހައްޖުވެރިން ގޮވައިގެން ދިޔަ އެއް ޖަމާއަތް ކަމުގައިވާ މިނާ ހައްޖު އެންޑް އުމްރާ ޖަމާއަތުގެ ބެލުމުގެ ދަށުން ހައްޖަށްދިޔަ ހުރިހާ ހައްޖާޖީންވެސ...

22 Sep 2015 | 07:54

ހައްޖުވެރިން މިނާއަށް ދަތުރު ކުރަމުން އަންނައިރު ރާއްޖެއިން ހައްޖުވެރިން ގޮވައިގެން ދިޔަ އެއް ޖަމާއަތް ކަމުގައިވާ މިނާ ހައްޖު އެންޑް އުމްރާ ޖަމާއަތުގެ ބެލުމުގެ ދަށުން ހައްޖަށްދިޔަ ހުރިހާ ހައްޖާޖީންވެސް މިނާއަށް ގޮސްފި އެވެ.

އެ ޖަމާއަތުން ހާމަކުރާ ގޮތުގައި ހައްޖުވެރިން މިނާއަށް ގޮސްފައިވާއިރު ހައްޖުވެރިންގެ ހާލު ރަނގަޅެވެ.

މިނާ ގްރޫޕްގެ ހައްޖާޖީން މިނާއަށް ގޮސްފައިވާއިރު ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މިނާއަށް ގޮސްފަ އެވެ. ދިވެހި ހައްޖު މިޝަނުން ހާމަކުރާ ގޮތުގައި ދިވެހި ހައްޖާޖީން މިނާއަށް ގޮސްފައިވާއިރު ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅެވެ.

ސައުދީ އަރަބިއްޔާއިން ހާމަކުރާ ގޮތުގައި އިއްޔެގެ ނިޔަލަށް މައްކާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިންގެ ތެރެއިން 60 އިންސައްތަ މީހުން ވަނީ މިނާއަށް ދަތުރު ކޮށްފައިވާއިރު ބާކީ 40 އިންސައްތަ މިއަދުގެ މެންދުރުކުރިން މިނާއަށް ދަތުރުކޮށް ނިމޭނެ ކަމަށް ސައުދީން ހާމަ ކުރެ އެވެ.

އެގައުމުން ހާމަކުރާގޮތުގައި ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް މިނާ ވަނީ ފުރިހަމައަށް ތައްޔާރު ވެފަ އެވެ. އެގޮތުން ޓެންޓް ތަކުގެ ހާލަތު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނެސް ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ހައްޖު ސިފައިން މިނާގައި ހަރަކާތްތެރިވާން ފަށާފައި ވާކަމަށް ސައުދީން ހާމަ ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް