ސައުދީ އަރަބިއްޔާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުންދިޔަ އެހެން ގައުމަކަށް ނިސްބަތްވާ ނަރުހެއްގެ މޫނުމަތީގައި ތަފާއްޔެއް ޖެހި މީހަކު ބަދަލެއްގެ ގޮތުގައި ނަރުހަށް 50 ހާސް ރިޔާލު ދޭންޖެހިއްޖެ އެވެ.
ނަރުހަށް 50 ހާސް ރިޔާލު ދޭން ޖެހުނީ ދެމީހުން މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމުގެ ފުރުސަތު ސައުދީގެ ދެކުނުން ޖަޒާން ޕްރޮވިންސްގެ ކޯޓަކުން ދިނުމުން 50 ހާސް ރިޔާލު ދީފިނަމަ މައްސަލަ އަނބުރާ ގެންދާނެ ކަމަށް ނަރުސް ބުނުމުންނެވެ.
ސައުދީގައި އެކަހަލަ މައްސަލަތަކުގައި އާންމުގޮތެއްގައި ދެ އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. ނަމަވެސް އެކަހަލަ މައްސަލަތަކުގައި ގިނަ ފަހަރު ކޯޓުން ފުރުސަތު ދެނީ ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް