އެމެރިކާގައި ހެދި ދިރާސާއަކުން އެގައުމުގެ އާބާދީގެ ސާޅީސްނުވަ ޕަސެންޓް މީހުން އެގައުމުގެ ސަރުކާރަކީ އެގައުމުގެ ރައްޔިތުންއަށާއި އެގައުމުގެ މިނިވަނަކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކޭކަމަށް ދައްކައިފިއެވެ.
އެމެރިކާގެ ސަރުކާރަކީ ނުރައްކަލެއްގެ ގޮތުގައި ދެކޭ ރައްޔިތުންގެ ކޮންމެ ފަސް މީހެއްގެ ތެރެއިން އެއް މީހަކު ސަރުކާރު މާ ބޮޑުވެ، މާ ބޮޑަށް ބާރުގަދަވެ އަދި ސަރުކާރުގައި މާ ގިނަ ގާނޫނުތައް ހެދިފައިވާ ކަމަށް ދެކެއެވެ. އައި 15 ޕަސެންޓް މީހުން ސަރުކާރުން ގައުމާއި ރައްޔިތުންގެ މިނިވަންކަން ނަގާލަމުން ދާކަމަށް ދެކެއެވެ. މީގެ އިތުރުން މިދިރާސާގައި މީހުން ފާޅުކޮށްފައިވާ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި އެގައުމުގައި މުއްސަނދިންއާއި ފަގީރުންއާއި އަދި ނަސްލުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުން ހިމެނެއެވެ.
މި ދިރާސާގައި އެމެރިކާގެ ހުރިހާ އަވަށަކުން އަށާރަ އަހަރުން މަތީގެ 1025 މީހުން ބައިވެރިވެފައިވެއެވެ. މި ދިރާސާހަދާ ހަދާފައިވަނީ "ގަލްއަޕް" އިންނެވެ. 2006 ވަނަ އަހަރުގައި ވެސް މި ދިރާސާ ހަދާފައި ވެ އެވެ. އޭރު ހެދި ދިރާސާއިން ދައްކާފައިވަނީ އެގައުމުގެ ސަރުކާރަކީ ނުރައްކަލެއްގެ ގޮތުގައި ދެކެނީ 46 ޕަސެންޓް މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް