ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންނާއި ގުޅިގެން މަސައްކަތްކުރާ ވޮލެޓިއަރުންނާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
ފުލުހުން ބުނީ މި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެރޭ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ މީޓިންގ ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުށްމަދުކުރުމަށް ކުރެވެދިނާ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތުދީ ވޮލެންޓިއަރުންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައި ވަކަމަށެވެ.
މި ބައްދަލުވުމުގައި ޏ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙުމާން އާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.
ކުށްމަދު ކުރުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްކުރާ މި ވޮލެންޓިއަރުންނަކީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ކުށްމަދު ކުރުމަށް ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ވޮލެޓިއަރުންނަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އިޖާބަ ދިން ފަރާތްތައް ކަމަށް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް