ބޭސް އުފައްދާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޕޫނޭގެ ސެރަމ އިންސްޓިޓިއުޓުން ޑެންގީ ހުމަށް އަވަސް ފަރުވާއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އެ ފަރުވާ އުފެއްދުމުގެ މަސައްކަތް ކުރިއަށްދާއިރު ބާޒާރަށް ބޭސް ނެރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ސައިންސަށް ހުށަހެޅުމުގެ ތައްޔާރީތައްވެސް ކުރިއަށްދާ ކަމަށެވެ. އަދި މިނިސްޓްރީންވެސް ވީ އެންމެ އަވަހަކަށް ހުއްދަ ދިނުމށް އެދޭ ކަމަށްވެސް އެ އިންޓިޓިއުޓުން ބުނެ އެވެ.
އެ އިންސްޓިޓިއުޓުން ބުނީ އަލަށް ތައްޔާރުކޮށްގެން ނެރޭ ޑެންގީ ވެކްސިންގެ އަގު އުޅޭނީ އިންޑިއާ ރުފީސްގެ ފަސް ހާހާއި 10 ހާހާއި ދެމެދުގެ އަގެއްގައި ކަމަށެވެ.
އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުންޖެއް ކަމަށްވާ ވިސްޓެރާއާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ސެރަމް ކުންފުނިން އިތުރަށް ބުނެފައިވަނީ އަލަށް ތައްޔާރުކުރާ ވެކްސިން ކުރިއަށް އޮތް 12 ނުވަތަ 18 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް