ޖަރުމަނު ވިލާތުގެ ދެ އަންހެނަކު ސިޕްރަސްގެ އެއާޕޯޓެއްގައި 15 މަސްދުވަހު ދިރިއުޅެގެން އެގައުމުގެ މީޑިއާގައި މަޝްހޫރުކަން ހޯދައިފިއެވެ.
ޖަރުމަނީގެ އަންހެނަކާއި އޭނަގެ ދަރިފުޅު ސިޕްރަސްގެ ލާނަކާ އެއާޕޯޓަށް ދިރިއުޅުން ބަދަލު ކުރީ އިޒްރޭލުގައި ދިރިއުޅެމުން ދަނިކޮށް ވިސާ ހަމަވުމާއި ގުޅިގެން އެގައުމުން ޑީޕޯރޓްކޮށްލުމުންނެވެ.
މިދެމައިން ނިދަނީ އެއާޕޯޓުގެ ޕާކިންޒޯނުގެ ދުވާރުމަތީގައި ތަންމަތި އަޅައިގެންނެވެ. އަދި ފާހާނާ ކޮށްހަދަނީ އެއާޕޯޓުގެ ފާހާނާތަކުންނެވެ. މިދެމައިން ބުނެފައިވަނީ ކާބޯތަކެތި ގަނެ އަސާސީ ބޭނުންތައް ފުއްދަން އެގައުމުން ބޭންކްގެ ހިދުމަތް ލިބޭކަމަށެވެ.
އޯގަސްޓް 2014 އިން ފެށިގެން މި އެއާޕޯޓުގައި ދިރިއުޅެމުން އަންނަ މި ދެމައިން އެނބުރި ޖަރުމަނަށް ދިއުމަށް ޖަރުމަނު އެންބަސީ އާއި އެ އެއާޕޯޓް، އަދި ފުލުހުން ވެސް އެހީވުމަށް ވަނީ ހުށައަޅާފައި ވެއެވެ. އެހެން ނަމަވެސް މިދެމައިން ވަނީ މި އެހީ އަށް އިންކާރުކޮށްފައެވެ. މިދެމައިން ބުނަނީ އެނބުރި ދާން ބޭނުންވަނީ ހަމަ އިޒްރޭލަށް ކަމަށެވެ. އެނބުރި ޖަރުމަނަށް ދާން ބޭނުން ނުވާ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.
ޔޫރަޕުގެ ގެ ގާނޫނުގެ ދަށުން އީޔޫގެ އެއްވެސް ރައްޔިތެއް ކުށެއް ނުކުރާހާ ހިނދަކު އެއްވެސް ގައުމަކުން ބޭރެއް ނުކުރެވެ އެވެ. މީގެ ކުރިން ކަރީމީ ނައްސޭރީ ކިޔާ މީހަކު ވަނީ ޗާލްސް ދި ގުއައްލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި 1988 ވަނަ އަހަރުން ފެށިގެން 2006 އަކާ ހަމައަށް 18 އަހަރުވަންދެން ދިރިއުޅެފައެވެ. ދި ޓާރމިނަލް އަކީ މީނަގެ މިހާދިސާގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް