އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތްދެއްވައި މުއާމަލާތު ކުރުމަށްޓަކައި ބޭނުންކުރާ އެކުންފުނީގެ މޮބައިލް އެޕްލިކޭޝަން، ސޯޝަލް މީޑިއާ އަދި އަލައް ތައާރަފް ކޮށްފައިވާ ލައިވް ޗެޓްގެ ޙިދުމަތް މައި އެއް ޕްލެޓްފޯމްއެއްގައި ގުޅުވާލަދިނުމާއިއެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއެންސް އަށް ރަނގަޅު ކުރިއެރުންތަކެއް ގެނެސްދީފިއެވެ.
އުރީދޫ އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތް ރަނގަޅުކުރުމަށްޓަކައި ތައާރަފް ކުރި އާކުރިއެރުންތަކުގެ ތެރޭގައި މައި އުރީދޫ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރކެއާގެ މުވައްޒަފުންނާއި "ލައިވް ޗެޓް" ކުރުމުގެ ފުރުސަތު ހިމެނޭ އިރު މައި އުރީދޫ އެޕްލިކޭޝަން އަށް ގެނެވިފައިވާ މި އަޕްޑޭޓް މިހާރު އެންޑްރޮއިޑް ބޭނުންކުރައްވާ ފަރާތްތަކަށް ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އަދި އައިއޯއެސް ބޭނުންކުރައްވާ ފަރާތްތަކަށް އެޕް ސްޓޯރ އިން ކުރިއަށް އޮތް ހަފްތާ ތެރޭގައި މި އަޕްޑޭޓް ޑައުންލޯޑް ކުރެވޭނެ ކަމަށާއި މީގެ އިތުރުން، ކޮންމެ ތާކު ހުރެގެންވެސްއެކަސްޓަމަރަކަށް އެންމެ ފަސޭހަ ސޯޝަލް މީޑިއާގެ ޕްލްޓްފޯމް އެއް ބޭނުންކޮށްގެން، އެބޭފުޅުންގެ އެކައުންޓް މެނޭޖްކުރުމުގައި އުރީދޫގެ ފަރާތުން އެހީ ހޯދުމުގެ ފުރުސަތު މިހާރު ލިބިފައިވާކަމަށް އުރީދޫ އިން ހާމަކުރެ އެވެ.
އުރީދޫ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ކަސްޓަމަރ ކެއަރ ޗެނަލްތައް ގުޅުވާލަދިނުމުގެ ސަބަބުން އުރީދޫ އަށް ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތަކާއި ޚިދުމަތްދިނުމުގެ ފެންވަރު ބެލުމުގައި އެހީތެރިވާނެފަދަ ގިނަގުނަ މައުލޫމާތު ލިބިގެންދާނެ ކަމަށާއި މީގެ ތެރޭގައި ގްލޯބަލް އެކްޓިވިޓީ، ޓްރެފިކް، ކަސްޓަމަރުން ކުރައްވާ ތަފާތު ތަޖުރިބާތަކާއި، އަދި އުރީދޫ އިން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރާއި ބެހޭ މައުލޫމާތު ހިމެނޭ ކަމަށެވެ. އަދި މި މައުލޫމާތުތަކަށް ބިނާކޮށް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުންގެ ބޭނުންތަކާއި އުއްމީދުތަކާއި އެކަށޭނަ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް އުރީދޫއިން ބުނެ އެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް ފަރިތަ ވެފައިވާ ބަޔަކަށްވުމާއި އެކު، ކަސްޓަމަރުންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެ ފުރިހަމަ ޚިދުމަތެއް ދޭން އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު މިތައާރަފްކުރީ މުޅިންއާ ޑިޖިޓަލް ކަސްޓަމަރ ޓަޗްޕޮއިންޓްތަކެއް. މިފަދަ ސްމާޓް ސޮލިއުޝަންތައް ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް ކަސްޓަމަރުންނާއި މުއާމަލާތުކުރުމަށް އުފެއްދުންތެރި އާ ގޮތްތަކެއް ލިބުމާއި އެކު، އުރީދޫގެ ކަސްޓަމަރުންނަށް އަޅުގަނޑުމެންނާއި އެކު ކުރެވޭ ތަޖުރިބާތަކަށް ވަރަށް ހެޔޮ ބަދަލެއް އަންނާނެ" އުރީދޫ ގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.
ޑިޖިޓަލް މާހައުލުގައި އުރީދޫގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާތައް ރަނގަޅު ކުރުމަށްޓަކައި ގެނެވިފައިވާ މި ކުރިއެރުންތަކަށް އެއްބާރުލުންދެއްވާފައި ވަނީ ޑިޖިޓަލް ކަސްޓަމަރ އެންގޭޖްމެންޓް ސޮފްޓްވެއަރ ފޯރުކޮއްދިނުމުގެ ކުރީ ސަފުގައި އުޅުއްވާ ޑިމެލޯ ކަމަށް އުރީދޫއިން ހާމަކުރެ އެވެ.
"އުރީދޫ އިން އެންމެ އިސްކަންދެއްވާ އެއްކަމަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ތަޖުރިބާ އަށް ބިނާކޮށް، މިކަމުގައި އެއްބާރުލުންދީ ޑިޖިޓަލް ކަސްޓަމަރ ކެއަރގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް" ޑިމެލޯގެ ސީއީއޯ، ސްޓެފަން ލީ ވިދާޅުވިއެވެ.
"ޑިމެލޯ އާއި އެކު މަސައްކަތްކޮށް، އުރީދޫގެ ކަސްޓަމަރ ކެއާ މުޅިން އާ ހަރުފަތަކަށް ގެންދިއުމަކީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް. ޑިމެލޯގެ ޕްލެޓްފޯމް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޚާތަބުކުރަން ބޭނުންކުރާ ހުރިހާ ޗެނަލްތަކެއް ގުޅުވާލުމުން، މައި އެއް އިންޓަފޭސް މެދުވެރިކޮށް މިހުރިހާ ޗެނަލްތަކެއް އެއްފަހަރާ ބޭނުންކުރެވި އަޅުގަނޑުމެންގެ ޚިތުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގައި އެހީތެރިވާނެ މައުލޫމާތު ހޯދޭނެ" އުރީދޫގެ ސީޓީއޯ ސަންޖޭ ވަގާސިއާ ވިދާޅުވިއެވެ.
އުރީދޫއިން އިތުރަށް ބުނީ ހުރިހާ ކަސްޓަމަރުންނަށްވެސް އެކުންފުނީގެ ޚިދުމަތްތައް ބޭނުންކުރުމުގައި ވަރަށް ފުރިހަމަ ތަޖުރިބާއެއް ޔަގީން ކޮށްދިނުމަކީ އުރީދޫގެ ސްޓްރެޓެޖީގެ މައިގަނޑު އެއް ބިނާ ކަމަށާއި މިގޮތުން، އުރީދޫ އިން އެންމެ ފަހުގެ އުފެއްދުންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް