މިއަދު ހެނދުނު އަށަކުން ފެށިގެން މެންދުރު ދޭއް ޖަހަންދެން ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗް ހުޅުވިފައި ހުންނާނެ ކަމަށާއި އެ ވަގުތުގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިއަދު މެންދުރު ދޭއް ޖަހަންދެން މެއިން ބްރާންޗް ހުޅުވާފައި ބެހެއްޓުމަށް އެ ބޭންކުން ނިންމާފައިވާއިރު މި ޢީދު ބަންދުގައި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ބީއެމްއެލްއިން ވަނީ ތައްޔާރުވެފައެވެ.
އެގޮތުން މާލޭގައި ބަހައްޓާފައިވާ ސެލްފް ސަރވިސް ބޭންކިންގ ޔުނިޓްތަކުންނާއި އަތޮޅުތެރޭގައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އަޟްހާ ޢީދު ބަންދުގެ ތެރޭގައި ކުރިއަށްވުރެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.
އަދި ބަންދު ދުވަސްތަކުގައި ބޭންކުގެ ސެލްފް ސަރވިސް ބޭންކިންގ އަށް ޔުނިޓް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނަގާ އަދި ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ހާމަކުރެ އެވެ.
މީގެ އިތުރުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގައި ގާއިމުކޮށްފައިވާ ބޭންކުގެ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2000ރ ނެގޭނެ ކަމަށާއި އިންޓަރނެޓް ބޭންކިންގެ ޚިދުމަތް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށްވެސް އެބޭންކުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް