އައިލެންޑް އޭވިއޭޝަން އޮފީހުގެ ސެކިއުރިޓީ ބަނުމަށްފަހު އެ އޮފީސް ފަޅާލައިފި

އައިލެންޑް އޭވިއޭޝަންގެ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރީތަކަކުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާ ރިޕޯޓް...

22 Sep 2015 | 04:24

އައިލެންޑް އޭވިއޭޝަންގެ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރީތަކަކުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5.30 އެހާކަށް ހާއިރު ކަމަށާއި އެ އޮފީސް ފަޅައިލި ބަޔަކު އެކަން ކޮށްފައި ވަނީ އެތަން ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑް ބަނުމަށް ފަހު ކަމަށެވެ

ފުލުހުންގެ އޮފިޝަލް އިތުރަށް ވިދާޅުވީ އެހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް