މިމަހުގެ 11 ވަނަ ދުވަހު މައްކާގެ ހަރަމްފުޅުގެ ތެރެއަށް ވެއްޓުނު ކެރޭނު ރޫޅާލުމުގެ މަސައްކަތް ފަށާފައިވާއިރު ކެރޭނުގެ ވަށައިގެން ކޮންކރީޓް އުސް ފާރެއް ރާނައިފި އެވެ.
ސައުދީ ގެޒެޓްގައި ވާގޮތުން މި ފާރު ރާނާފައިވަނީ ހައްޖުވެރިންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް ހައްޖުވެރިން ވަނަ ނުދިނުމަށެވެ.
ރާނާފައިވާ ފާރުގެ އުސްމިން އަދި ހާމަކޮށްފައި ނުވި ނަމަވެސް ކެރޭނު ރޫޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ ހާއްސަ އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ޓީމެއްގެ މޭސްތިރިކަމުގެ ދަށުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދައަށް އަޅައިގެން ކަމަށް ސައުދީ ގެޒެޓްގައި ވެ އެވެ.
ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 111 މީހަކު ޝަހީދުވި އެވެ. 300 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް