ކީރިތި ޤުރުޢާންގެ 70 ހާސް ފޭކް ކޮޕީ މައްކާއަށް އެތެރެކުރަން އުޅެނިކޮށް ހުއްޓުވައިފި

ހައްޖާ ދިމާކޮށް ކީރިތި ޤުރުޢާންގެ 70 ހާސް ފޭކް ކޮޕީ މައްކާއަށް އެތެރެކުރަން އުޅެނިކޮށް ސައުދީ ފުލުހުން ހިފަހައްޓައިފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައުދީ ފުލުހުން މިތަކެތި ހިފަހައްޓާފައިވަނީ ވެހ...

22 Sep 2015 | 00:40

ހައްޖާ ދިމާކޮށް ކީރިތި ޤުރުޢާންގެ 70 ހާސް ފޭކް ކޮޕީ މައްކާއަށް އެތެރެކުރަން އުޅެނިކޮށް ސައުދީ ފުލުހުން ހިފަހައްޓައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައުދީ ފުލުހުން މިތަކެތި ހިފަހައްޓާފައިވަނީ ވެހިކަލެއްގައި މި ފޭކް ފޮތްތައް މައްކާއަށް އެތެރެކުރުމަށް މަސައްކަތް ކުރަނިކޮށެވެ.

ފޭކު ޤުރުޢާން ކޮޕީތައް ވެހިކަލެއްގައި މައްކާއަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ މައްކާއަށް ވަދެވެން އޮންނަ އެއް ގޭޓް ކަމަށްވާ އަލް މަޖޫމް ވިލެޖް ގޭޓު ކައިރިންނެވެ. ސައުދީ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މި ފޭކް ކޮޕީތައް މައްކާއަށް އެތެރެކުރަން އުޅުނީ ހައްޖުވެރިންނަށް ބެހުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް