ދިވެހި ހައްޖުވެރިން މިނާއަށް ދަތުރު ފަށައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ދިޔަ ހައްޖުވެރިން މިނާއަށް ދިއުމަށް ދަތުރު ފަށައިފި އެވެ. ރާއްޖޭގެ ހައްޖު މިޝަން އިން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ހާޖީން މިނާ ދަތުރު ފަށާފައިވަނީ ރާ...

21 Sep 2015 | 23:30

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ދިޔަ ހައްޖުވެރިން މިނާއަށް ދިއުމަށް ދަތުރު ފަށައިފި އެވެ.

ރާއްޖޭގެ ހައްޖު މިޝަން އިން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ހާޖީން މިނާ ދަތުރު ފަށާފައިވަނީ ރާއްޖޭ ގަޑިން 2:30 ހާއިރު އެވެ.

ސައުދީ އަރަބިއްޔާއިން ހާމަކުރާ ގޮތުގައި އިއްޔެގެ ނިޔަލަށް މައްކާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިންގެ ތެރެއިން 60 އިންސައްތަ މީހުން ވަނީ މިނާއަށް ދަތުރު ކޮށްފަ އެވެ. އަދި ބާކީ 40 އިންސައްތަ މިއަދުގެ މެންދުރުކުރިން މިނާއަށް ދަތުރުކޮށް ނިމޭނެ ކަމަށް ސައުދީން ހާމަ ކުރެ އެވެ.

އެގައުމުން ހާމަކުރާގޮތުގައި ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް މިނާ ވަނީ ފުރިހަމައަށް ތައްޔާރު ވެފަ އެވެ. އެގޮތުން ޓެންޓް ތަކުގެ ހާލަތު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނެސް ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ހައްޖު ސިފައިން މިނާގައި ހަރަކާތްތެރިވާން ފަށާފައި ވާކަމަށް ސައުދީން ހާމަ ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް