އަނެއްކާވެސް ބިދޭސީން ހިންގަމުންދިޔަ، ކާބޯތަކެތި އުފައްދާ ތަނެއް ރެއިޑްކޮށްފި - ފިހާރަތަކަށްލާ އުފެއްދުންތައް ނަން ހުސްކޮށް !

އަނެއްކާވެސް ބިދޭސީން ހިންގަމުންދިޔަ ކާބޯތަކެތި އުފައްދާތަނެއް ރެއިޑްކޮށް ބަޔަކު އަތުލައިގެންފިއެވެ. އެގޮތުން އިމިގްރޭޝަނުން ދެންމެ ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަ...

22 Aug 2024 | 08:25

އަނެއްކާވެސް ބިދޭސީން ހިންގަމުންދިޔަ ކާބޯތަކެތި އުފައްދާތަނެއް ރެއިޑްކޮށް ބަޔަކު އަތުލައިގެންފިއެވެ.

އެގޮތުން އިމިގްރޭޝަނުން ދެންމެ ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި މިދިޔަ ހޯމަ ދުވަހު ހާއްސަ ރެއިޑެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

"މި ރެއިޑްގައި މ. ތްރީ މޫން ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ ބިދޭސީން މިތަނުގައި ތައްޔާރުކުރަމުންދިޔަ ތަކެތީގެ ތެރޭގައި އާއްމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނޭ ކަމަށެވެ. އިމިގްރޭޝަނުން ވަނީ އެ އުފެއްދުންތަކުގެ ފޮޓޯވެސް ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް