އަޅާ ހެދުމެއްގެ ސަބަބުން ތަފާތު ކުރެވިގެން ނުވާނެ - އުސޫލުތައް ބަދަލުކުރަން އަންގައިފިން: ރައީސް މުއިއްޒު

އަޅާ ހެދުމެއްގެ ސަބަބުން ތަފާތު ކުރެވިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ޑިޕާޓްމަންޓް އޮފް ޖުޑީޝ...

22 Aug 2024 | 07:50

އަޅާ ހެދުމެއްގެ ސަބަބުން ތަފާތު ކުރެވިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލި ފަރާތެއް މޫނު ބުރުގާ އަޅާތީ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނާ ޑިސްކޮލިފައި ކޮށްލާފައިވާއިރު އިއްޔެ އެކަމުގައ ޚަބަރުތައް ފެތުރުމުން އަދި އެކަމާ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ވަގުތެއްގައި ރައީސް ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށާއި  އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައި ވާނެކަން ހާމަކޮށް، ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަންވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް