އަދަދު ނޫހުން އެމްއެމްއޭގެ ޑޮލާރ ރިޒާވް ހުސްވެއްޖެ ކަމަށް ބުނި ވާހަކަ އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ދޮގުކުރެއްވުމުން އެކަމާއި ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވަނީ އެކްސްގައި ޕޯސްޓެއްކުރައްވާ އެކަމަށް ރައްދު ދީފައެވެ.
ހުސެއިން ފިޔާޒް ބުނީ ،އެކަމާއި ގުޅިގެން އެމްއެމްއޭއިން ބަޔާނެއް ނެރޭނެ ކަމަށެވެ. އަދި މިނިސްޓަރ ސައީދު އެކަމަށް ބަސް ވިދާޅުނުވުމަށް އެދި ބުނީ އެމްއެމްއޭގެ ރިޒާވް ބަލަހައްޓަނީ މިނިސްޓަރ ސައީދު ނޫން ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެމްއެމްއޭގެ ރިޒާވް ވަނީ މައިނަސްއަށް ގޮސްކަމަށާއި އެކަން އަދަދު ގެ ސޯސްތަކުން ކަށަވަރުކޮށްދޭ ކަމަށެެވެ.
މިކަމާއި ގުޅިގެން ޑެޕިއުޓީ މިނިސްޓާރ ޝިއުނާ ވަނީ ފިޔާޒްއަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
"އަދަދުގެ ޓޮމާޓޯ ސޯސްތަ؟ ނޫނީ ސޯޔާ ސޯސްތަ؟ އަދަދަށް އިނގޭ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ ތަކުގެ ހެކި ގަރީނާވެސް؟ ތުހުމަތު ކުރެވޭކަންކަން ހެކި ގަރީނާ ނެތި ކަށަވަރު ކުރުމަކީ ނޫސްވެރިކަމެއް ނޫން. ތިޔަ ސޯސް ފުޅިތަކުން ލިޔެ ތައްޔާރު ކުރި "ދޮން އަމާ"ފިލުމަށްވީ ކިހިނެއް؟" ޝިއުނާ ވިދާޅުވިއެވެ.
އެމްއެމްއޭއިންއަދަދު ނޫހުން ލިޔެފައިވާ އެ ޚަބަރު ދޮގުކޮށް ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އެމްއެމްއޭއިން އެ ނޫސްބަޔާނުގައި ބުނީ ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުންމަހަުން ބަރާބަރަށް ޝާއިއު ކުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްއޭއިން ވަނީ، މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް