ކެމްޕޭނަށް މުއިއްޒު މާދަމާ ށ އަދި ނ އަތޮޅަށް ވަޑައިގަންނަވަނީ

ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާދަމާ ށ އަދި ނ އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. މާދަމާ އެންމެ ފުރަތަމަ މުއިއްޒު ވަޑައިގަންނަވާނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަ...

22 Aug 2023 | 18:23

ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާދަމާ ށ އަދި ނ އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މާދަމާ އެންމެ ފުރަތަމަ މުއިއްޒު ވަޑައިގަންނަވާނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށް ފަހު ށ. ކަނޑިތީމު، ފޭދޫ، މިލަންދޫ، ކޮމަންޑޫ، ފޯކައިދޫ އަދި ފުނަދޫއަށް ވަޑައިގަންނަވާނެއެވެ.

އެރޭ ޖަލްސާ އޮންނާނީ ފުނަދޫގައެވެ.

ށ. އަތޮޅު ނިންމަވާލެއްވުމަށްފަހު ނ. އަތޮޅަށް މުއިއްޒު ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެ ދުވަހު ވަޑައިގަންނަވާނީ ނ. ކެނދިކުޅުދޫ، މިލަދޫ، މަނަދޫ، ހޮޅުދޫ އަދި ވެލިދޫއަށެވެ.

އެރޭ ޖަލްސާ އޮންނާނީ ވެލިދޫގައެވެ.

ހުކުރު ދުވަހު ނ. މަނަފަރަށް ވަޑައިގެންނެވުމަށްފަހު ދަތުރު ނިންމަވައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނަށް މުއިއްޒު އެންމެ ފަހުން ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އަރިހުގައި އަނބިކަނބަލުންވެސް ދަނީ ކެމްޕޭން ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް