ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ނިންމަވައިފިއެވެ.
ޔުމްނާ މިކަން ހާމަކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޔުމްނާ ވިދާޅުވެފައިވަނީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
"ރައްޔިތުންނަށް ލުއި ފަސޭހަކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިއަށްގެންދިއުން މުހިންމު" ޔުމްނާ ވިދާޅުވެފައިވެއެވެ.
ޔުމްނާ އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ސިޔާސަތުތަކަށާއި މެނިފެސްޓޯއަށް ތާއީދު ކުރެވޭކަމަށާއި، އެގޮތުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވައި، ސަގާފީ އަދި ގުދުރަތީ ތަރިކަ ރައްކާތެރިކޮށް، ރަށު އަދި ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމުގެ ސިޔާސަތަށް ތާއީދު ކުރެވޭ ކަމަށެވެ.
ޔުމްނާ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމަވާފައިވާއިރު އެކަމަނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފާރިސް މައުމޫންވެސް އަންނަނީ މި އިންތިހާބު ވާދަކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް