ކިޔަވާދޭއިރު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް އެ ހުއްދަ ދޭން ނިންމައިފިއެވެ.
އެގޮތުން ޓީޗަރުންގެ ސުލޫކީ މިންގަނޑަށް މިއަދުން ފެށިގެން ބަދަލުގެނެސްފައިވާއިރު ކުރިން އޮންނަނީ ކިޔަވާދޭ ވަގުތުތަކުގައި ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެނގެންވާނެ ކަމަށެވެ.
އެ އުސޫލު ކުރިން އޮތް ގޮތުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ބަންދުވެފައިވީނަމަވެސް މިއަދުން ފެށިގެން ޓީޗަރުންނަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭނެއެވެ.
އުސޫލަށް ގެނައި ބަދަލުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ މޫނު ބުރުގާ އަޅާ ޓީޗަރުން ދަރިވަރުންނާ މުހާތަބު ކުރާއިރު ސްޓާފް ކާޑު އަޅަންޖެހޭގޮތަށް ނިންމުމެވެ.
މި އުސޫލަށް ބަދަލުގެނައިނަމަވެސް އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު އެ މާހަލައުލަކީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއް ނަމަ މޫނު ބުރުގާ ނަގަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް