ކުރީގެ ރިޔާސީ އިންތިހާބުތަކުގައި ކުރިން ފެންނަ ޖޯޝާއި ފޯރީގައި ސަރުކާރެއް ބަދަލުކުރަން ބަޔަކު ނިކުމެ ތިބިތަން މިއަދު ނުފެންނަ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި ބ. ކިހާދޫގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
މި މައުލޫގައި ރައީސް ވިދާޅުވީ ކެމްޕޭނު ދަތުރުތަކުން ބައެއް ފަހަރު މާ ފޯރިނެތް މާ ޖޯޝު ނެތް ކެމްޕޭނެއްގެ ގޮތުގައި ފެންނަމުންދާކަމަށެވެ.
" ފަހަރެއްގާ އެ ވެދާނެ، ކުރީގަ ވެއްޖެއްޔާ ނިކުންނަނީ އަބަދުވެސް އެ އޮންނަ ސަރުކާރެއް ބަދަލުކުރަން ވަރަށް ޖޯޝާ ފޯރިއާއެކުގައި ދެންތިބި އެންމެން އެކުވެގެން ނިކުންނަނީ އެކަމަކު އެ ރޫހެއް އެއެއް މިއަދަކު ނުފެނޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިއަދަކު ރައްޔިތުންގެ މާ ބޮޑު ކަންބޮޑުވުންތަކެއް މި ސަރުކާރާއިމެދު އޮތްކަމަށް ނުފެންނަ ކަމަށެވެ. އަދި މި ސަރުކާރާއި ދޭތެރޭގައި މާ ބޮޑަށް ހިތްހަމަނުޖެހޭ މަންޒަރުވެސް ރަށްރަށުން ނުފެންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް