ޖެނެރޭޓިވް އޭއައި ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ނުގެއްލޭނެ: އދ

ޖެނެރޭޓިވް އޭއައި ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާތައް މުޅިން ނުގެއްލޭނެ ކަމަށާއި އޭގެ ބަދަލުގައި ޑިއުޓީގެ ބައެއް އޮޓޮމޭޓްކޮށް، އެހެން މަސައްކަތްތައް ކުރުމަށް އެ މީހުން މިނިވަންކުރާނެ ކަމަށް އދގެ ދިރާ...

22 Aug 2023 | 12:53

ޖެނެރޭޓިވް އޭއައި ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާތައް މުޅިން ނުގެއްލޭނެ ކަމަށާއި އޭގެ ބަދަލުގައި ޑިއުޓީގެ ބައެއް އޮޓޮމޭޓްކޮށް، އެހެން މަސައްކަތްތައް ކުރުމަށް އެ މީހުން މިނިވަންކުރާނެ ކަމަށް އދގެ ދިރާސާއަކުން ދައްކައިފި އެވެ.

އެހެންނަމަވެސް، ކްލެރިކަލް މަސައްކަތަށް ބޮޑު ގެއްލުމެއް ލިބި، އަންހެނުންގެ ވަޒީފާއަށް ބުރޫ އަރާފާނެ ކަމުގެ އިންޒާރު އދ އިން ވަނީ ދީފައެވެ.

އދ.އިން ބުނީ މި ދާއިރާގައި، ހާއްސަކޮށް މުއްސަނދި ގައުމުތަކުގައި އަންހެނުން މާ ބޮޑަށް ތަމްސީލު ކުރާތީ، އެކަމުގެ އަސަރު ވަރަށް ބޮޑަށް އަންހެނުންގެ ވަޒީފާތަކަށް ކޮށްފާނެ ކަމަށެވެ.  އަދި ޖެނެރޭޓިވް އޭއައި އާއި އޭގެ ޗެޓްބޮޓް އެޕްލިކޭޝަންތަކަށް ޝައުގުވެރިކަން އުފެދުމުގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާއިރު އދ އިން ބުނީ އޭއައި އަކީ 1900 ގެ އަހަރުތަކުގެ ކުރީކޮޅު މޫވިން އެސެމްބްލީ ލައިން ތައާރަފުކުރި އިރު އަދި 1950 ގެ އަހަރުތަކުގައި މެއިންފްރޭމް ކޮމްޕިއުޓަރުތަށް އުފެދުނު ފަދަ ކަމެއް ކަމަށެވެ.

ނަމަވެސް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ހެދި ދިރާސާއިން ނިންމާފައި ވަނީ "ގިނަ ވަޒީފާތަކާއި ސިނާއަތްތައް ބަރޯސާވަނީ ހަމައެކަނި އޮޓޮމޭޝަން އަށް ކަމަށާއި އެހެންކަމުން އޭއައިގެ ސަބަބުން ވަޒީފާތައް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އޭގެ މާނައަކީ "ޓެކްނޮލޮޖީގެ އެންމެ މުހިންމު އަސާސަކީ މަސައްކަތް އިތުރުކުރުން" ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި އޭއައިގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ މަސައްކަތަކީ ޓެކްސްޓް، ފޮޓޯ، ސައުންޑްސް، އެނިމޭޝަން، ތްރީޑީ މޮޑެލްސް އަދި އެހެނިހެން ޑޭޓާ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މަސައްކަތްތަކަށެވެ.

ނަމަވެސް މެނޭޖަރުންނާއި ސޭލްސް ވޯކަރުން ފަދަ އެހެން ގިނަ ޕްރޮފެޝަންތަކަށް އަސަރު ކުރާނީ ވަރަށް ކުޑަކޮށް ކަމަށް އެ ދިރާސާގެ އަލީގައި ނެރެފައިވާ ބަޔާނުގައި ވެއެވެ.

އެކަމަކު އދ.ގެ އެޖެންސީގެ ރިޕޯޓުގައި ވަނީ ޖެނެރޭޓިވް އޭއައިގެ ސަބަބުން ގެއްލުން ލިބުނު މަސައްކަތްތެރިންނަށް ކުރާ އަސަރު އަދިވެސް އިތުރު ވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

"އެހެންވީމާ، ސިޔާސަތު ތައް ކަނޑައަޅުއްވާ ބޭފުޅުންނަށް، އަޅުގަނޑުމެންގެ ދިރާސާ ކިޔަންވީ ހަމަހިމޭން އަޑެއްގެ ގޮތުގައެއްނޫން، އޭގެ ބަދަލުގައި، އަޅުގަނޑުމެންގެ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ހައްލެއް ގެނައުމަށް ސިޔާސަތުގެ ބޭނުން ހިފުމަށް ގޮވާލާ ގޮވާލުމެއްގެ ގޮތުގަ" އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް