މޭޔަރެއްހެން ހުންނަވައިގެން މުއިއްޒު އެ ގެންދަވަނީ އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅުއްވަމުން: މާރިޔާ

މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅުއްވަމުންގެންދަވާކަމުގެ ތުހުމަތު އިބޫ އަސްލަމް ކެމްޕޭނު މެނޭޖަރު މާރިޔާ އަހްމަދު ދީދީ ކުރައްވައިފިއެވެ. މާރިޔާ މި ތުހުމަތު ކުރެއް...

22 Aug 2023 | 12:11

މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅުއްވަމުންގެންދަވާކަމުގެ ތުހުމަތު އިބޫ އަސްލަމް ކެމްޕޭނު މެނޭޖަރު މާރިޔާ އަހްމަދު ދީދީ ކުރައްވައިފިއެވެ.

މާރިޔާ މި ތުހުމަތު ކުރެއްވީ މިއަދު ބޭއްވެވި ތަރުޖަމާނު ޕްރެސް ކޮންފަރެންސްގައެވެ.

އެ ޕްރެސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވީ ޖަލްސާއެއް ބޭއްވުމަށް ސިޓީ ކައުންސިލްގައި ހުއްދައަށް އެދުމުން އެހެންކަމެއް އޮތްކަމަށްބުނެ ހުއްދަ ނުދިން ކަމަށެވެ.

"ދެން އަނެއްކާވެސް އެދުނީމަ އެރޭ އެތާ އެހެން ބަޔަކު ހިފާފައޭ ވިދާޅުވާއިރު އެތެރޭގަ އުޅުއްވާ ކައުންސިލަރުން އެބަ ވިދާޅުވޭ އެކަމެއް ނެތޭ" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނެއްކާވެސް މިދަނީ ފާޑެއްގެ ގޮތަކަށް އިދިކޮޅު ހަރަކާތްތައް ހުއްޓުވާލަން މަސައްކަތް ކުރުމާއި ދިމާއަށް ކަމަށެވެ.

މުއިއްޒުގެ މެނިފެސްޓޯ ލޯންޗިން ޖަލްސާ ހުޅުމާލޭ ފޭޒް ދޭއްގައި ބޭއްވި އާބަންކޯއިން ހުއްދަ ދީގެންކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރުން ޒިންމާދާރުގޮތެއްގައި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާ ވާދަވެރިންނަށްވެސް މަގު ފަހިކޮށްދެމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް