ޕާކިސްތާނުގެ ދެ މީހަކު 29 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޕަންޖާބުން އަތުލައިގެންފި

ޕާކިސްތާނުގެ ދެ މީހަކު 29 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ޕަންޖާބުން އަތުލައިގެންފިއެވެ. ބޯޑާ ސެކިއުރިޓީ ފޯސް އާއި ޕަންޖާބު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފިރޯޒްޕޫރު ޑިސްޓ...

22 Aug 2023 | 09:14

ޕާކިސްތާނުގެ ދެ މީހަކު 29 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ޕަންޖާބުން އަތުލައިގެންފިއެވެ.

ބޯޑާ ސެކިއުރިޓީ ފޯސް އާއި ޕަންޖާބު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފިރޯޒްޕޫރު ޑިސްޓްރިކްޓްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ބައެއްގެ މަސައްކަތް ނާކާމިޔާބުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ޕާކިސްތާނުގެ ދެ މީހަކު ހައްޔަރުކޮށް ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ޕެކެޓް ފެނިފައިވާ ކަމަށް ރަސްމީ ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕަންޖާބުގެ ބީއެސްއެފްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 އިން 21 ވަނަ ދުވަހުގެ ރޭ، ލިބުނު ހާއްސަ މައުލޫމާތަކާ ގުޅިގެން ބީއެސްއެފް އާއި ޕަންޖާބު ޕޮލިސް (ސީއައި ފީރޯޒްޕޫރު) ގުޅިގެން ފިރޯޒްޕޫރު ޑިސްޓްރިކްޓްގެ ގައްޓީ މަތާރު އަވަށުގެ ކައިރީގައި އޮންނަ ސަތުލްޖް ކޯރުގެ އައްސޭރީގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އަދި ޕާކިސްތާނުން އިންޑިއާއަށް އަންނަ ބައެއް ހަރުކަށި ފިކުރުގެ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އިންޑިއާއަށް ދަތުރުކުރާތަން ޓްރުޕްތަކުން ބެލުމަށްފަހު އެންމެ ފުރަތަމަ ކުރިމަތިލި ކަމަށް އެ ބަޔާނުގައި ވެ އެވެ.

ޕީއާރްއޯ ވިދާޅުވީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހުސާސްކުރެވި، އިތުރު ހަރުކަށި އަމަލުތައް ހުއްޓުވުމަށް ޓަކައި ސިފައިން ވަނީ ހަރުކަށި ފިކުރުގެ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީފައި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެކަކުގެ އަތަށް ވަޒަން އަރާފައިވާ ކަމަށެވެ.

އޭގެ ފަހުން ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 26 ޕެކެޓް (ގާތްގަނޑަކަށް 29.26 ކިލޯ) އާއި އެކު ދެމީހަކު ސިފައިން ވަނީ އަތުލައިގެންފަ އެވެ.

ފުރަތަމަ ފަރުވާ ދިނުމަށްފަހު ޒަހަމްވި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހާ ވަނީ ސިވިލް ހޮސްޕިޓަލަށް ފޮނުވާލާފައެވެ. އަދި އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕީއާރުއޯ ވިދާޅުވި އެވެ.

މީގެ ކުރިންވެސް އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބީއެސްއެފް އާއި ޕަންޖާބު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕަންޖާބުގެ ފިރޯޒްޕޫރު ޑިސްޓްރިކްޓުން ތިން ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

"މި އޮޕަރޭޝަންގައި ސިފައިން ވަނީ ހަނޑޫ ދަނޑުތަކުގެ ތެރެއިން ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ޕެކެޓް (ގްރޮސް ވެއިޓް- 3 ކިލޯ) ގެ މަސްތުވާތަކެތި ހޯދާފައި. އެ ތަކެތި ބަހައްޓާފައި ހުރީ ކަޅު ކުލައިގެ ކޮތަޅެއްގެ ތެރޭގައި،" ޕީއާރުއޯ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް