ލީބިޔާގައި ބަންދުކޮށްފައި ތިބި އިންޑިއާގެ 17 ޒުވާނަކު އަނބުރާ ގައުމަށް ފޮނުވާލައިފި

ލީބިޔާގައި ބަންދުކޮށްފައި ތިބި އިންޑިއާގެ 17 ޒުވާނަކު ހަ މަސް ދުވަހަށް ފަހު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ. ޓިއުނީޝިއާގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ލީބި...

22 Aug 2023 | 08:56

ލީބިޔާގައި ބަންދުކޮށްފައި ތިބި އިންޑިއާގެ 17 ޒުވާނަކު ހަ މަސް ދުވަހަށް ފަހު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ޓިއުނީޝިއާގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ލީބިޔާގައި ބަންދުކޮށްފައި ތިބި އިންޑިއާގެ ޕަންޖާބާއި ހަރްޔާނާއަށް ނިސްބަތްވާ އިންޑިއާގެ 17 މީހަކު މި މަހުގެ 19 ވަނަ ދުވަހު ކާމިޔާބުކަމާއެކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

ޓިއުނީޝިއާގައި ހުންނަ އިންޑިއާ އެމްބަސީން އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓް އެކްސް ގައި ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ލީބިޔާގައި ބަންދުކޮށްފައި ތިބި ޕަންޖާބާއި ހަރިޔާނާއަށް ނިސްބަތްވާ އިންޑިއާގެ 17 މީހަކު (19 އޮގަސްޓް 2023 ގައި) ކާމިޔާބުކަމާއެކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އިންޑިއާ މީހުން ރައްކާތެރިކަމާއެކު އިންޑިއާއަށް ގޮސްފައިވަނީ 20 އޮގަސްޓް 2023 ގައި ގަލްފް އެއާގެ ފްލައިޓް 2030 ގައެވެ.

ޕަންޖާބާއި ހަރްޔާނާއަށް ނިސްބަތްވާ 17 ޒުވާނުން ލީބިޔާއިން ދޫކޮށްލީ މިދިޔަ މަހު ޓްރިޕޮލީ ޖަލުން ދޫކޮށްލުމާ ގުޅިގެން ކަމަށް އޭއޭޕީގެ ރާޖްޔާ ސަބާގެ މެމްބަރު ވިކްރަމްޖީތު ސިންގް ސަހަނީ ވަނީ ވިދާޅުވެފައެވެ.

އެމީހުން ލީބިޔާގައި ހަމަސްވަންދެން ތިބެންޖެހުނީ އިޓަލީއަށް ފޮނުވާނެ ކަމަށް ބުނެ ޓްރެވަލް އެޖެންޓުން އެމީހުންނަށް އޮޅުވާލުމުންނެވެ.

ސޯޝަލް މީޑިއާ އެކައުންޓް އެކްސްގައި ވިކްރަމްޖީތު ސިންގް ސަހަނީ ވަނީ ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގްވަންތު މަން އާއި ހަރިޔާނާގެ ޗީފް މިނިސްޓަރު މަނޯހަރް ލާލްގެ ކިބައިން އިޓަލީއަށް ދާން ރާވާފައި ވީ ނަމަވެސް ލީބިޔާއަށް ފޮނުވި މި ޒުވާނުންނަށް ހިޔާނާތްތެރިވި އެޖެންޓުންނާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް އެދިފަ އެވެ.

އެކި ސްޓޭޓްތަކުން ގާތްގަނޑަކަށް 17 ވަރަކަށް ޒުވާނުން ނާއި، ހަރިޔާނާގެ އަށް ޒުވާނުންނާއި، ޕަންޖާބުގެ ހަތަރު ޒުވާނުންނާއި، ޖައްމޫގެ އެކަކާއި، އަދި ހިމާޗަލް ޕްރަދޭޝްގެ ޝިމާގެ ޒުވާނަކު އިޓަލީއަށް ދާން އުޅުނު ނަމަވެސް އޭގެ ބަދަލުގައި އެމީހުންނަށް ދެވުނީ ލީބިޔާއަށެވެ. އެ ގައުމުން އެމީހުން ހައްޔަރު ކުރި އެވެ.

ވިކްރަމްޖިތު ސިންގް ސަހަނީ މި ޒުވާނުންނަށް ގުޅައި، ފަހުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ގުޅައި، ލީބިޔާއިން ނުކުތުމަށް މި މީހުންނަށް ސިޓީތައް ފޮނުވި... އެއަށްފަހު އިންޑިއާ އެމްބަސީގެ ސަފީރަށް ގުޅުއްވައި އެ މީހުން އިންޑިއާއަށް ގެނައުމަށް އެދުނެވެ.

އާދީއްތަ ދުވަހުގެ ހަވީރު 17 މީހުން ވެސް ވަނީ ދިއްލީ އެއާޕޯޓަށް ގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް