ވައުދަކީ އެމާއެކު ސުވާލު ވެވޭނެ ކަމެއް ކަމަށް ވުމުންމ ނުފުއްދޭ ވައުދު ނުވުމަށް ޝެއިޚް އަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ.
ޒައިދު ކުރެއްތި ޓުވީޓެއްގައި ވިދާޅުވީ، ވޯޓު ހޯދުމުގެ ބޭނުމުގައި ކަނޑައެޅިގެން ނުފުއްދޭނެކަން ޔާގީންވާ ވަޢުދުތައްވެސް އަޑުއިވެމުންދާ ކަމަށެވެ.
އެގޮތަށް ކަންތައް ކުރާނަމަ ފަހުން ރައްޔިތުން އެބޭފުޅެއްދެކެ ނަފްރަތު ކުރާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.
"ފުއްދޭނެ ވަރުގެ ވަޢުދު ވުމަށް ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސްކުރަން" ޒައިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ މެނިފެސްޓޯ ދަނީ އާއްމު ކުރަމުންނެވެ. އެގޮތުން ކޮންމެ ކެނޑިޑޭޓަކުވެސް ވެރިކަމަށް ހޮވިއްޖެ ނަމަ ކޮށްދޭނެ ކަންތައްތަކުގެ ވައުދު ވަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް