މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ހޯދަމުން ދަނީ ކ. މާލެ/ ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (40އ)އެވެ.
ފުލުހުން ބުނީ ރިޔާސާ ހޯދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.
އަދި ތަހުގީގަށް ރިޔާސާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ރިޔާސާއަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް ރިޔާސާ ހާޒިރުވުމަށް ފުލުހުން އަންގާފައި ވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރުކުރި 11:30ށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް