މިރޭ ލިވަޕޫލާއި ދެކޮޅަށް ޔުނައިޓެޑު ކުޅޭމެޗުގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ އާއި މަގުއާ ނުހިމެނޭނެ

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑު ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިފެންޑަރ ހެރީ މެގުއާއަށް ފުރުސަތު ނުދޭން ޔުނައިޓެޑުގެ ...

22 Aug 2022 | 17:01

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑު ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިފެންޑަރ ހެރީ މެގުއާއަށް ފުރުސަތު ނުދޭން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފިއެވެ.

މިރޭ ލިވަޕޫލާއި ދެކޮޅަށް ޔުނައިޓެޑު ނިކުންނައިރު، އެޓީމުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އާއި މެގުއާ ބާކީ ކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަށް ބުނާއިރު، މި ދެ ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމްނާފައިވަނީ އެންތަނީ މާޝިއަލް އާއި ރަފެއަލް ވެރާންކަމަށް ރިޕޯޓުކޮށްފައިވައެވެ.

މިރޭގެ މެޗަށް ނެރޭ ޔުނައިޓެޑުގެ ފުރަތަމަ އެގާރައަށް ކޯޗު ޓެން ހާގް ބަދަލުތަކެއް ނެގެސްފައި މިވަނީ އެންމެ ފަހުން ޔުނައިޓެޑުން ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕްރެޝަރ ބޮޑުވުމުންކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ބުނެއެވެ. އަދި ކޯޗަށް ޕްރެޝަރ ބޮޑުވުމުގެ އިތުރުން ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިއާ ވޭން ރޫނީ ވެސް ވަނީ މިރޭގެ މެޗުގައި ރޮނާލްޑޯ ބެންޗުގައި ބޭންދުމަށް ލަފާދީފައެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި ޓެން ހާގް މިރޭގެ މެޗަށް ގެނައި މި ބަދަލުތަކަކީ ރޫނީގެ ލަފާގެ މަތިން ގެނައި ބަދަލުތަކެކެވެ. ރޮނާލްޑޯ އާއި މާކަސް ރަޝްފޯޑް މިރޭގެ މެޗުގައި ބެންޗުގައި ބޭއްދުމަށް ލަފާދެމުން ރޫނީ  ބުނެފައިވަނީ ރޮނާލްޑޯ މިރޭގެ މެޗަށް ނެރެން އެހާ ފިޓް ނޫންކަމަށެވެ. އަދި ރޮނާލްޑޯގެ ބަދަލުގައި ޒުވާން ކުޅުންތެރިން މިރޭގެ މެޗުގައި ބޭނުންކުރުމަށް ވެސް ރޫނީ ވަނީ ޓެން ހާގް އަށް ލަފާ ދީފައެވެ.

ރޫނީ އިތުރަށް ބުނެފައިވަނީ ކުލަބުގެ މުސްތަޤުބަލަށް ވިސްނާނަމަ ނުވަތަ ކުރިޔަށް އޮތް ހަތަރު އަހަރު ނުވަތަ ފަސްއަހަރު ކާމިޔާބީ ހޯދަން ބޭނުންނަމަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް