ޝަފާތަށް މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެއް ދީފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމަށް  ހުޅުމާލެ ގޯތި 10228 ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ އޭނާ އެ މަގާމަށް އައްޔަން...

22 Aug 2022 | 13:48

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމަށް  ހުޅުމާލެ ގޯތި 10228 ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ކަމަށެވެ.

ޝަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ޝަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރު އަދި ރައީސްއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ޝަފާތު މަސައްކަތް ކުރައްވުމުގެ އިތުރުން އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

އެންމެ ފަހުން އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބުގައި ޝަފާތު ވާދަ ކުރެއްވި އެވެ. އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ވާދަކޮށް ޝަފާތު ވަނީ އިންތިހާބުން ބަލިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް