އަންހެންވެރިންގެ ހިތް ކަތިލަމުންދާ ޓެލަގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާގެ ކްރަޝް އަކީ ކާކުކަން އޭނާ ބުނެފި އެވެ.
ވިޖޭ އާއި ލޯބީގެ ގޮތުން ގުޅިލަން ބޭނުންވާ ބޮލީވުޑްގެ ޒުވާން ތަރިންގެ ލިސްޓު ދަނީ އިތުރު ވަމުންނެވެ. އެ ލިސްޓުގެ ކުރީގައި އުޅެނީ އަނަންޔާ ޕާންޑޭ އާއި ސާރާ އަލީ ހާން އެވެ.
ދާދިފަހުން ޝޯއެއްގައި ސާރާ ބުނީ އޭނާ އެންމެ ޑޭޓް ކޮށްލަން ބޭނުންވާ މީހަކީ ވިޖޭ ކަމަށެވެ. އަދި އަނަންޔާ ވަނީ އޭނާ އާއި ލޯބީގެ ގޮތުން ގުޅުމަށް ވިޖޭއަށް ހުށަހަޅާފައިވާނެ ކަމަށާއި އެކަމަކު ވިޖޭ އެކަމަށް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
އެހެންވެ ގިނަ ބަޔަކު ދިޔައީ މީގެ ތެރެއިން އަނަންޔާ އާއި ވިޖޭ އާއި ގުޅުވައި ވާހަކަ ދައްކަމުންނެވެ. އެއީ މި ދެ ތަރިންގެ ފިލްމު "ލިގާ" ޕްރޮމޯޓު ކުރުމުގައި ދެމީހުން އުޅޭ އެކުވެރިކަމާއި ގާތްކަމުން ކުރާ ޝައްކުތަކެއްގެ ސަބަބުންނެވެ.
މި ފިލްމަކީ ވިޖޭ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.
އެންމެން އަޅުވާކިޔަމުން ދަނިކޮށް ވިޖޭ ވަނީ އޭގެން އެކަކު ދެކެވެސް އޭނާ ގަޔާ ނުވާ ކަމަށްބުނެފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އޭނާ އަޅައިގަނެގެން އުޅޭ ނުވަތަ ކަރަޝްގެ ނަންތައް ވަނީ ބުނެދީފަ އެވެ.
ވިޖޭ ބުނީ އޭނާ އެންމެ ގަޔާވަނީ އުރުމިލާ މަތޮންޑްކަރާއި ފިލްމު "މޭނޭ ޕިޔާރު ކިޔާ"ގެ ބަތަލާ ބަގިއަޝްރީ ދެކެ ކަމަށެވެ. އޭނާ ބުނީ ކުރީގެ މަޝްހޫރު އެ ދެތަރިންގެ އެންމެ ފިލްމެއްވެސް އޭނާ ނުބަލާ ނޯންނާނެ ކަމަށެވެ.
އުމުރުން މިހާރު 33 އަހަރުގެ ވިޖޭ ބުނީ އެ ދެ ތަރިންނަށްވުރެ ކިތަންމެ އުމުރުން ހަގުވިޔަސް އަދިވެސް އެމީހުން ދެކެ ކުޑަކޮށް ގަޔާވާ ކަމަށާއި ފެނުމުން ގޮތް ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް