އަލަންގީރާއި، ނާޒިމް، ކާނަލް ނަޝީދު އަދި އަބްދުއް ރަހުމާނަށް ދައުވާކޮށްފި

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އ...

22 Aug 2022 | 10:52

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ ހަތަރު މީހުންނަކީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއި، އަހުމަދު ނާޒިމް އަބްދުއްސައްތާރާއި އަބްދުއް ރަހްމާން ރަފީއު އަދި މުހައްމަދު ނަޝީދު (ކާނަލް) އަށް ކަމަށެވެ.

މި މީހުންނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އެމީހުންނަށް ކޮށްފައިވާ ތުހުމަތަކީ ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ތުހުމަތެވެ. ދައުވާ އުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އެވެ.

މި މައްސަލައިގަ ދައުވާ ކުރި މީހުންނާއި އެކ ު38 މީހެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެމީހުންގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

މި މީހުންނަކީ އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގާފައި ވަނިކޮށް ލީކު ކުރި ވީޑިއޯތަކުން ފެންނަ މީހުން ކަމަށްވެ އެވެ. މި މައްސަލަ އަދިވެސް ދަނީ ތަހުގީ ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް