އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައްޔަރު ކޮށްފި

އެންވަަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައްޔަރު ކޮށްފި އެވެ. އޭނާ އަށް ހަމަލާ ދިނީ މީގެ ދުވަސްތަކެއް ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދެއްގ...

22 Aug 2022 | 09:58

އެންވަަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައްޔަރު ކޮށްފި އެވެ.

އޭނާ އަށް ހަމަލާ ދިނީ މީގެ ދުވަސްތަކެއް ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދެއްގައި މަސްލަހަތު ނަގާލައިގެން ހައްޔަރުކޮށް ދޫކޮށްލި މީހާ ކަމަށްވެ އެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އަލީ ވިދާޅުވީ ހުޅުމާލޭގައި ސައިކަލުގައި ދަނިކޮށް ސައިކަލެއްގައި އެމީހާ އައިސް ތިޔައީ ސަރުކާރު މީހެކޭ ދުއްވާލަން ޖެހޭ މީހެކޭ ބުނެ ދިމާކުރި ކަމަށާއި ކަޓަރެއް ނަގާ ކަރުގައި ޖެއްސި ކަމަށެވެ. މި ހާދިސާގައި އޭނާގެ އަތުގެ އުޅަނބޮށިން ތިރި ކަފައިގެން ދިޔަ އެވެ.

ފުުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ ސްޓޭޓް މިިނިސްޓަރު އަލީ ސޯލިހަށް ހަމަލާ ދިންކަމުގެ ރިޕޯޓު ކުރީ މެންދުރު1:26 ހާއިރު ކަމަށެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގަ ހައްޔަރު ކުރި މީހާގެ ވަނަވަރެއް އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް